ކުރިއަށް އޮތް ހަފުތާގައި ވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ނުސާފުވާނެ
ސަން
11 ޑިސެމްބަރު 2025 | ބުރާސްފަތި | 1:41
ކުރިއަށް އޮތް ހަފްތާގައި ވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިނުސާފުވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުގައި ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރެއަށް މިހާރު ވައި ނުސާފެވެ. އެގޮތުން، މި ސަރަހައްދަށް ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ދުރުމިން ފެންނަ މިންވަރު މިހާރުވެސް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ދުންފުހުގެ އަސަރު މި ސަރަހައްދުތަކަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ސަން" އަށް މައުލޫމާތުދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ދުންފުހުގެ އަސަރު ނުރައްކާވާ މިންވަރަކަށް ރާއްޖެއަށް ނުކުރާނެ ކަމަށެވެ. އެގޮތުން، މިއަދު ދުންފުހުގެ އަސަރު ހުރި މިންވަރު އިއްޔެއަށްވުރެން ދަށްކަން އޭނާ ފާހަގަކޮށްފައިވެއެވެ.