ހައުސިން މިނިސްޓްރީގައި ރޯވުމާ ގުޅިގެން ޗައިނާއިން ދިން 2.8 މިލިއަނުގެ އެހީ، ރަސްމީކޮށް ހަވާލުކޮށްފި
ސަން
11 ޑިސެމްބަރު 2025 | ބުރާސްފަތި | 2:47
މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހައުސިން މިނިސްޓްރީން ހިންގާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން، ސަރުކާރުގެ އެތައް މިނިސްޓްރީއެއްގެ މަސައްކަތަށް ބުރޫއެރުމާ ގުޅިގެން ޗައިނާގެ ފަރާތުން ދިން އެހީ، ރަސްމީކޮށް ރާއްޖެއާ ހަވާލުކޮށްފިއެވެ.
އެހީގެ ތަކެތި ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ޗައިނާ ސަރުކާރުން ދެއްވި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، 2.8 މިލިއަން އެމެރިކާ ޑޮލަރުގެ މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
މި ކުއްލި އެހީގެ ޕެކޭޖްގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެއެވެ.