މަސްވެރީންގެ އިހުތިޖާޖުގެ ތެރެއިން، މެންބަރު މައުރޫފް ހައްޔަރުކޮށްފި

ސަން

11 ޑިސެމްބަރު 2025 | ބުރާސްފަތި | 1:13

ސަރުކާރުން މަސްވެރީންނަށް ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މާލެ ކައިރީގައި ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން، އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހައްޔަރުކޮށްފިއެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައި، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ފެށީ އިއްޔެ ހެނދުނު 09:00ގައެވެ. އެ ޔޫނިއަނުން އަންނަނީ, ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށާއި ސަރުކާރުގެ ވާހަކައާ އަމަލާ ދިމާނުވާ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.

މަސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް އިހުތިޖާޖު ނުހުއްޓާނެ ކަމަށް އެ ޔޫނިއަނުން ބުނެފައިވާއިރު، ބިދޭސީ ފަޅުވެރިން ހައްޔަރުކުރާނެ ކަމަށް ފުލުހުން އިންޒާރުދީފައިވާ ކަމަށް އެ ޔޫނިއަނުން އިއްޔެ ބުނެފައިވެއެވެ.

މައުޟޫޢުތަށް