ބީއެމްއެލްއާއި އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރަނީ
ސަން
11 ޑިސެމްބަރު 2025 | ބުރާސްފަތި | 2:58
ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް)އިން އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ހިމެނޭ ގޮތަށް އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
ބީއެމްއެލްއިން މިއަދު ސޮއިކުރި އެއް އެއްބަސްވުމުގެ ދަށުން، ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށްވެސް އިތުރު ލުއިފަސޭހަ ކަމެއް ފޯރުކޮށްދިނުމަށް ޓަކައި، ރާއްޖޭގައި ކޮންޓެކްޓްލެސް ކިއުއާރް ޕޭމަންޓުގެ ޚިދުމަތް ފުޅާކޮށް، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ+ ގެ ފީޗާތައް ހިމަނާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މީގެ އިތުރުން، ބީއެމްއެލްއާއި އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެއީ އަންނަ އަހަރުން ފެށިގެން ކޯ-ބްރޭންޑެޑް ޓޫރިޒަމް ކެމްޕޭނުތައް ފެށުމަށް އެޅުނު މުހިންމު އެއް ބިންގަލެއް ކަމަށް ބޭންކުން ބުންޏެވެ.