ޓޯކުރި އުޅަނދުތައް ދޫކުރަން ފަށައިފި، ރަޖިސްޓްރީކޮށްފައިވާ ޒޯންތަކަށް ގެންދޭތޯ ކަށަވަރުކުރާނެ ކަމަށް ފުލުހުން ބުނެފި
ސަން
11 ޑިސެމްބަރު 2025 | ބުރާސްފަތި | 4:30
ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ފުލުހުން ޓޯކުރާ އުޅަނދުތައް ދޫކުރުމަށްފަހު، އެ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީކޮށްފައިވާ ޕާކިން ޒޯންތަކަކަށްކަން ކަށަވަރުކުރާނެ ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭނުން ނުކުރާ އުޅަނދުތައް ޓޯކުރުމަށް ހޮނިހިރު ދުވަހުން ފެށިގެން އަންގާރައިގެ ނިޔަލަށް ފުލުހުންނާ ޓްރާންސްޕޯޓް މިނިސްޓްރީން ގުޅިގެން، ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދާޚިލީ ވުޒާރާގެ އިތުރުން މި އޮޕަރޭޝަނުގައި އެޗްޑީސީ، ލޯކަލް ގަވަނަންސް ވުޒާރާ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލްއިން ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.
://./214918