ފްލެޓު މައްސަލައިގައި ވައިސް ވަހީދު އެދުނު އަމުރު ނުލިބުނު

ސަން

11 ޑިސެމްބަރު 2025 | ބުރާސްފަތި | 5:23

ސިފައިންނަށް ޚާއްސަކޮށް އަޅައިފައިވާ ސިފްކޯ ފުލެޓުތަކުން ފުލެޓެއް މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދަށް ލިބުނު ނަމަވެސް، އެ ފުލެޓު އަތުލައިފައިވާ މައްސަލައިގައި އޭނާ އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މިއީ، ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލްގެ މަގާމުގައި މިހާރު ހުންނެވި ވައިސް ވަހީދު، ސިފްކޯއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފުގައި ވައިސް ވަހީދު ނެރެދިނުމަށް އެދުނު ވަގުތީ އަމުރާގުޅޭ ނިންމުމުގެ މައްސަލައެވެ.

ވައިސް ވަހީދު ސިވިލް ކޯޓުގައި ކުރި ދައުވާގައި ބުނެފައި އޮތީ "ސިފްކޯ ހިޔާ" މަޝްރޫއުގެ 300 ފްލެޓަށް ކުރިމަތިލާން ނޮވެމްބަރު 28، 2013 ގައި އިއުލާނުކުރުމާ އެކު، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އޭނާ އެޕްލިކޭޝަން ހުށަހެޅުއްވި ކަމަށެވެ. އަދި އެ އެޕްލިކޭޝަނާއި ފުރަތަމަ ޕޭމަންޓް ބަލައިގަނެ، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް އަދި ފްލެޓްގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައިވާނެ ކަމަށް މައްސަލައިގައިވެއެވެ. ވައިސް ވަހީދަށް އެގްރިމެންޓް ހެދި ފްލެޓަކީ، 1301 ނަންބަރު ފްލެޓެވެ.

މައުޟޫޢުތަށް