ރާއްޖެ-ޗައިނާ އެފްޓީއޭއަށް އަމަލުކުރަން ފަށައި 100އަށް ވުރެ ގިނަ ކުދި ވިޔަފާރި ރަޖިސްޓްރީކުރެވިއްޖެ: ސައީދު

ސަން

11 ޑިސެމްބަރު 2025 | ބުރާސްފަތި | 6:10

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި ޗައިނާއާ އެކު މީގެ އެގާރަ އަހަރުކުރިން ސޮއިކުރި ފްރީ ޓްރޭޑް އެއްބަސްވުން ތަންފީޒުކުރަން ފެށީ މި ސަރުކާރުން ކަމަށާއި، އެ އެއްބަސްވުން ތަންފީޒުކުރުމާއެކު، އެތައް ސަތޭކަ ކުދި ވިޔަފާރިއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

އާ ފޮރިން އިންވެސްޓްމެންޓް ގާނޫނާއި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށައި، އާ ގާނޫނުތަކުގެ ދަށުން ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި 2014ވަނަ އަހަރު ސޮއިކޮށް، 2017ވަނަ އަހަރު އަމަލުކުރަން ނިންމި، ޗައިނާއާ އެކު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަމަލުކޮށްފައިނުވާ ކަމަށެވެ.

އެކަމަކު އެ އެއްބަސްވުމަށް އަމަލުކުރަން ފެށީ މި ސަރުކާރުން ކަމަށް ސަޢީދު ވިދާޅުވިއެވެ.

މައުޟޫޢުތަށް