ޕެސެންޖާލައިނާ" އެމްއެސް ލުމިނާރާ"އިން އައި 159 ފަތުރުވެރިން އައިސްފި

ސަން

11 ޑިސެމްބަރު 2025 | ބުރާސްފަތި | 7:33

މިއަދު ރާއްޖެ އައި ޕެސެންޖާލައިނާއިން، 159 ފަތުރުވެރިންނަށް ކްލިއަރެންސް ދީފިއެވެ.

މިއަދު ހެނދުނު މާލެ ކައިރިއަށް ބަނދަރު ކުރި ޕެސެންޖާލައިނާ "އެމްއެސް ލުމިނާރާ" އައިސްފައިވަނީ ސީޝެލްސް އިންނެވެ.

ކަސްޓަމްސް އިން ބުނީ އެމްއެސް ލުމިނާރާ އަށް ކްލިއަރެންސް ދީފައިވާކަމަށާއި، އޭގެން ފަތުރުވެރިންގެ އިތުރުން 372 ކުރޫއިން ހިމެނޭކަމަށެވެ.

މައުޟޫޢުތަށް