ދިފާއީ ވަކީލުންގެ އަގުވެއްޓޭ ގޮތަށް ތުހުމަތު ނުކުރަން ބާ ކައުންސިލުން އިލްތިމާސްކޮށްފި

ސަން

11 ޑިސެމްބަރު 2025 | ބުރާސްފަތި | 8:06

ދިފާއީ ވަކީލުންނަށް ނިސްބަތްކޮށް އަސާސެއް ނެތް ތުހުމަތު ނުކުރުމަށް ބާ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.

ބައެއް ދިފާއީ ވަކީލުން ހެކިންނަށް ބިރު ދައްކައި އިންޒާރު ދެމުން އަންނަ ކަމަށް ބުނެ، ކްރިމިނަލް ކޯޓުގެ ޝަރީއަތެއް ނިމުނު ގޮތުގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާތީ އެ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބާ ކައުންސިލުން ބުނީ، ކްރިމިނަލް ކޯޓުގެ ޝަރީއަތެއް ނިންމި ގޮތުގެ ރިޕޯޓެއްގައިވާ އެ އިބާރާތަކީ ހެއްކެއްގެ މައްޗަށް ގާނޫނީ ވަކީލެއްގެ ފުށުން ހިނގާފައިވާ ވަކި އަމަލެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި، ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތްކުރާ މަދު ގާނޫނީ ވަކީލުންނަށް އަމާޒުވެގެން ދިޔަ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް