ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރަން ރަސްމީކޮށް މިއަދު ހަވާލުކޮށްފި
ސަން
11 ޑިސެމްބަރު 2025 | ބުރާސްފަތި | 11:40
ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީކުރުމަށް 790 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓު ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.
ނ. އަތޮޅުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ކްރިސްޓަލް ހޯލްޑިންސް ކުންފުންޏާ ހަވާލުކުރީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު 'ފޭސްބުކް'ގައި ލިޔުއްވާފައިވަނީ، ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވާނީ މިޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާ އެކު އިންޑިއާ ކަނޑުގެ އިތުރުން ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ތަފާތު މަޝްރޫއަކަށް ކަމަށެވެ.