އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ، ތިމާވެށި ހިމާޔަތް ކުރަން ހިންގާ ޕްރޮޖެކްޓުތަކަށް ދެވޭ ރަނގަޅު މާލީ އެހީއެއް: ބީއެމްއެލް

ސަން

12 ޑިސެމްބަރު 2025 | ހުކުރު | 5:32

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން "އީއެންވީ ޕީއޯއެސް"ގެ ނަމުގައި ހިންގާ ޕްރޮގްރާމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތް ކުރުމަށް ހިންގާ ޕްރޮޖެކްޓުތަކަށް ދެވޭ ރަނގަޅު މާލީ އެހީއެއް ކަމަށް ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބީއެމްއެލުން ބުނީ، އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް އެހީތެރިވެދޭ ޕްރޮގްރާމެއް ކަމަށެވެ.

އެ މުއާމަލާތްތަކަށް ކަސްޓަމަރުންނާއި ވިޔަފާރިތަކުން އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށް އެ ބެންކުން ބުނެއެވެ.

މައުޟޫޢުތަށް