މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން ދުވާފަރަށް
ސަން
13 ޑިސެމްބަރު 2025 | ހޮނިހިރު | 9:58
ރ. ދުވާފަރުގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ހެނދުނު އެރަށަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ މިއީ އެއް ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.