ތޮއްޑޫ ކައުންސިލުން އުފެއްދި ކުންފުނި ކައުންސިލަށް ބަރޯސާވެފައި އޮތުމުން، ޚަރަދު ހަމަޖައްސަން އޮޑިޓުން ލަފާތަކެއް
ސަން
13 ޑިސެމްބަރު 2025 | ހޮނިހިރު | 4:26
އއ. ތޮއްޑޫ ކައުންސިލުން ވިޔަފާރިކުރަން އުފައްދާފައިވާ ލޯކަލް އޮތޯރިޓީ ޕްރައިވެޓް ލިމިޓެޑް އަހަރަކަށް ވުރެ ގިނަ ދުވަހު ހިންގީ އެ ރަށު ކައުންސިލަށް ބަރޯސާ ވެގެންކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށް، ޚަރަދު ހަމަޖައްސަން ލަފާދީފިއެވެ.
އެ ކުންފުނީގެ 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓެއް ހަދައި، އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އާންމުކޮށްފައެވެ. ޑިސެމްބަރު 19، 2022ގައި އުފައްދާފައިވާ އެ ކުންފުންޏަކީ، ތޮއްޑޫ ކައުންސިލްގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. އެއީ، ކައުންސިލަކުން އުފެއްދި ފުރަތަމަ ކުންފުނިވެސްމެއެވެ.
އެ ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ގާނޫނު އަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި އިގުތިޞާދީ ހަރަކާތްތައް ދާއިރާގައި ހިންގުން ހިމެނެއެވެ.