މަސްވެރިންނަށް ފިލައިގެން ނުތިބޭނަން، މަސައްކަތްކުރާނީ ގާތުން: ޝިޔާމް

ސަން

13 ޑިސެމްބަރު 2025 | ހޮނިހިރު | 4:48

މި ސަރުކާރުން މަސްވެރިންނަށް ފިލައިގެން ނުތިބޭނެ ކަމަށާއި، މައްސަލަތައް ހައްލު ކުރާނީ މަސްވެރިންނާ ގާތުން މަސައްކަތްކޮށްގެން ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ ޖަލްސާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރ. ދުވާފަރަށް ވަޑައިގެން، މަސްވެރިންނާ ވަނީ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި މަސްވެރިއަކު ވަނީ، އެ މީހުން ކަންބޮޑުވުންތައް ރައީސާ ހަމައަށް ގެންގޮސްދެވިފައިވާ ކަމަށާއި ނަމަވެސް، މިނިސްޓަރު ޝިޔާމަށް ދެެންނެވިފައިވާ ނުވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކައިފައެވެ.

މައުޟޫޢުތަށް