މުޒާރަހާއިން ހައްޔަރުކުރި މައުރޫފަށް އަނިޔާވެ، އޮޕަރޭޝަނެއް ކުރަން ވައްދައިފި
ސަން
13 ޑިސެމްބަރު 2025 | ހޮނިހިރު | 7:00
ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަމީންއާންމު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ)ގެ ކުޑަ އޮޕަރޭޝަނެއް ކުރަމުން އަންނަ ކަމަށް، އެމްޑީޕީން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު، މަސްވެރިންގެ އިހުތިޖާޖުގައި ފުލުހުން މަޢުރޫފާއި، ހައްޔަރުކުރި މަސްވެރިންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ.
ފުލުހުން މަޢުރޫފް ހައްޔަރުކުރި ވަގުތު، ސިޑިމަތިން އޭނާ ދަމައިފަ ބާލާ މަންޒަރާއި ދަމައިފަ ގެންދާ މަންޒަރު އަދިވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.