ޓީޗަރުންނަށް ހަނގާކުރުން އައްޑޫ ހައި ސްކޫލުގައި އާންމު، އިސްވެރިން ތިބީ ފެއިލްވެފައި: ޓީޗަރުންގެ އެސޯސިއޭޝަން
ސަން
13 ޑިސެމްބަރު 2025 | ހޮނިހިރު | 8:29
ޓީޗަރުންނަށް ދަރިވަރުން ހަނގާކޮށް އުނދަގޫކުރުން އައްޑޫ ހައި ސްކޫލުގައި އާންމު ކަމަށާއި، އެ ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި ސްކޫލުގެ އިސްވެރިން ފެއިލްވެފައިވާ ކަމަށް، ޓީޗަރުންގެ އެސޯސިއޭޝުން މިއަދު ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަނީ ގިނަ ވީޑިއޯތަކެއް އާއްމުވެފައެވެ. އެ މައްސަލައިގައި ޓީޗަރާއި ދަރިވަރު ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ޓީޗަރުންގެ އެސޯސިއޭޝަނުން ބުނީ، އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާސްރޫމްގައި ތިބި ބާކީ ދަރިވަރުންގެ ހައްގުވެސް އޮންނާނެ ކަމަށާއި، ދަރިވަރުންގެ ހައްގުގައި ތެދުވާ ޓީޗަރަކު ބަދުނާމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.