އައިސް ލިބެންހުރި މިންވަރު ބަލައިލެވޭ އަދި ކިޔުގައި ނުޖެހި މަސްކިރުވުމަށް ޚާއްސަކޮށް އެޕްތަކެއް ތައާރަފުކޮށްފި

ސަން

13 ޑިސެމްބަރު 2025 | ހޮނިހިރު | 11:59

މަސްވެރިންނަށް ޚާއްސަކޮށް، އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު ބަލައިލެވޭ އަދި ކިޔުގައި ނުޖެހި މަސްކިރުވުމަށް ޚާއްސަކޮށް، އެޕްލިކޭޝަންތަކެއް މިރޭ ތައާރަފުކޮށްފިއެވެ.

އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު އޮންލައިންކޮށް ބެލޭނެ ގޮތަށް "ކެޔޮޅު އެޕް" ތައާރަފުކުރިއިރު މި އެޕް މިރޭ އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށް، ރާއްޖޭގައި އައިސް ވިއްކާ ޕްލާންޓްތައް ހުންނަ ސަރަހައްދުތަކާއި ރަށްތަކުގެ މައުލޫމާތު ލިބޭނެއެވެ. އަދި އެ އައިސްޕްލާންޓްތަކުގައި އައިސް އުފައްދާފައި ހުރި މިންވަރާއި، އަދި ދޯނިތަކަށް ލިބޭނެ މިންވަރު ވެސް އެޕް މެދުވެރިކޮށް އެނގޭނެއެވެ.

މައުޟޫޢުތަށް