މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

ސަން

13 ޑިސެމްބަރު 2025 | ހޮނިހިރު | 11:51

މިފްކޯއިން މަސްވެެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިފްކޯއިން މަސްވެރިންނަށް ދޫކުރާ ތެލަށް ބައެއް ބަދަލުތައް ގެންނާނެކަން އިއުލާނުކުރައްވައިފައެވެ. އެގޮތުން މިއަދުން ފެށިގެން މަސްވެރިންނަށް މިހާރު ތެޔޮދޭ އަގަށް އެވްރެޖްކޮށް ގެނެވޭ ބަދަލުގެ ތެރެއިން ލުޔެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާއިރު އަގުހެޔޮވާނެ. އަދި ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވެގެންދާނެ. މާދަމާއިން ފެށިގެން މިފްކޯގެ ހުރިހާ ސްޓޭޝަން އަދި ތެލަކުން މި ބަދަލު އަންނާނެ،" ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް