ކުރީގެ މިނިސްޓަރު ޞާބިރު ހިމެނޭހެން 32 ފަރާތަކަށް މަސްވެރިކަމަށް ޚިދުމަތްކުރުމުގެ އިނާމު ދީފި

ސަން

14 ޑިސެމްބަރު 2025 | އާދިއްތަ | 12:20

މަސްވެރިކަމުގެ ސިނާއަތަށް ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ޙަސަން ޞާބިރު ހިމެނޭހެން 32 ފަރާތަކަށް މަސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރުމުގެ އިނާމު މިރޭ ދީފިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި މަސްވެރިކަމުގެ ސިނާއަތަށް ޚިދުމަތްކުރުމުގެ އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އަވަހާރަވި ޞާބިރުގެ ފަރާތުން އިނާމާ ހަވާލުވީ ދަރިކަލުން އަޙްމަދު ޙަސަން ޞާބިރެވެ.

މައުޟޫޢުތަށް