ޔޫތު ހެކަތޯން ނިންމާލައި، ވަނަވަނައަށް އިނާމު ދީފި
ސަން
14 ޑިސެމްބަރު 2025 | އާދިއްތަ | 10:12
ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔަ މޯލްޑިވްސް ޔޫތު ހެކަތޯން އިން އެއްވަނަ "ސީ ސްޓޭކް" ގެ ޓީމު ހޯދައިފިއެވެ.
މި ހެކަތޯން ނިންމުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ރޭ ބާއްވާފައިވާއިރު މި ހެކަތޯންއިން އެއްވަނަ އަށް ދިޔަ "ސީ ސްޓޭކް" ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް އެގެޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީއެވެ.
މި ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ "ވޭވް މައިންޑްސް" އެވެ. ޔޫތު މިނިސްޓްރީން މިހަފްލާގައި ރަނަރަޕް ޓީމް "ވޭވް މައިންޑްސް" އަށް ހަތްދިހަ ފަސްހާސް ރުފިޔާ އަދި ތިން ވަނަ އަށް ހޮވުނު "ސިކްސް ސެ ވެން" ޓީމަށް ފަންސާސްހާސް ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.