ހުޅުމާލޭ ފޭސް 3 ހިއްކުން: ދެބައިކުޅަ އެއްބައި ހިއްކާ ނިންމައިފި
ސަން
14 ޑިސެމްބަރު 2025 | އާދިއްތަ | 12:01
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ދެބައިކުޅަ އެއްބައި ބިން ހިއްކިއްޖެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ބޯހިޔާވަހިކަމަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުން މެދުކެނޑިފައި އޮތުމަށް ފަހު، މިދިޔަ މަހު އަލުން ވަނީ ފަށައިފައެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ދިހަ ވަނަ ދުވަހެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން އޭރު ވަނީ ސައުވީސް ހެކްޓަރުގެ ބިން ހިއްކާފައެވެ.