ނިޔާޒާއި ފައިޞަލް ވަކިވުމުން ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދަނީ

ސަން

14 ޑިސެމްބަރު 2025 | އާދިއްތަ | 12:39

ހައިކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ފަނޑިޔާރު މުޙައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިޞަލް އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ކުރި އިއުލާނުގައިވާ ގޮތުން، ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން ވަނީ އިއުލާނުކޮށްފައެވެ.

އަސާސީ މުސާރައިގެ ގޮތުގައި 45،700 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާއާއި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ މަހަކު ލިބޭއިރު، އެއީ ޖުމްލަ 67،000 ރުފިޔާއެވެ.

މައުޟޫޢުތަށް