ގެސްޓްހައުސްތަކުގެ މެންބަޝިޕް ފީ ކުޑަކޮށްފި، ކުދި ތަންތަނުން ދައްކަންޖެހޭނީ 350 ޑޮލަރު
ސަން
14 ޑިސެމްބަރު 2025 | އާދިއްތަ | 2:09
ރާއްޖޭގައި ފަތުރުވެރިކަން ޕްރޮމޯޓުކުރާ ސަރުކާރު ކުންފުނި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެންބަރުކަމުގެ ފީ، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރި (އެސްއެމްއީ)ތަކަށް ކުޑަކޮށްފިއެވެ.
ވީއެމްސީން ބުނީ، މި ބަދަލު ގެންނަން ނިންމީ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ އެސްއެމްއީތަކަށް އެއްބާރުލުންދީ، ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ގެސްޓްހައުސްތަކުން ވީއެމްސީއަށް މީގެ ކުރިން ދައްކަން ޖެހެނީ 1،000 ޑޮލަރެވެ. މި ގެނައި ބަދަލާ އެކު ގެސްޓްހައުސްތަކުގެ ތެރެއިން 25 ކޮޓަރިއަށް ވުރެ މަދުން ހިންގާ ގެސްޓްހައުސްތަކުން ދައްކަން ޖެހޭނީ 350 ޑޮލަރެވެ. ބާކީ ގެސްޓްހައުސްތަކުން ދައްކަން ޖެހޭނީ 750 ޑޮލަރެވެ.