ކޮރަޕްޝަންގެ މައްސަލަތަކުގައި ލިބެންޖެހޭ 1.6 ބިލިއަން ރުފިޔާ، ހޯދުނު ވަރެއް ނުބުނޭ
ސަން
14 ޑިސެމްބަރު 2025 | އާދިއްތަ | 2:49
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވޭތުވެދިޔަ 17 ވަރަކަށް އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ދޮޅު ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ، 2009 އިން ފެށިގެން މި އަހަރުގެ މިހާތަނަށް އޭސީސީން ނިންމި މައްސަލަތަކުގެ ތެރެއިން އެކި އިދާރާތަކަށް 1.61 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ޖެހޭ ކަމަށް އަންގާފައިވާ ކަމަށެވެ.
އެއީ، އަހަރަކަށް ބަހާލާ ނަމަ ކޮންމެ އަހަރަކު 94.57 މިލިއަން ރުފިޔާ، އަދި މަހަކަށް ބަހާލާ ނަމަ 7.88 މިލިއަން ރުފިޔާ ކަމަށް ޝާމިލް ވިދާޅުވިއެވެ.