ސަރުކާރުގެ 12 ކުންފުނި ބޮޑު ގެއްލުމުގައި، އެމްޓީސީސީއަށް ވެސް 20 މިލިއަންގެ ގެއްލުން

ސަން

14 ޑިސެމްބަރު 2025 | އާދިއްތަ | 4:34

ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 280 މިލިއަން ރުފިޔާގެ ގެއްލުންވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެހެންވެ، އެ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ޕީސީބީގެ ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއްވީ ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ. އަދި ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުންޏަށް 46.36 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.

މައުޟޫޢުތަށް