"އަލްވަދާއު" ބެލުންތެރިންގެ ހިތްތަައް އަތުލައިފި
ސަން
14 ޑިސެމްބަރު 2025 | އާދިއްތަ | 7:18
މި އަހަރުގެ އެންމެ ފަހު ފިލްމު "އަލްވަދާޢު" ސްކްރީނަށް އައުމާއެކު، ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލް ކަމެއް ހޯދައިފިއެވެ.
މި އަހަރަކީ ދިވެހި ގިނަ ފިލްމުތަކެއް އޮލިމްޕަހުގެ ސްކްރީނަށް އައި އަހަރެކެވެ. އަދި މި ކާމިޔާބު އަހަރު ނިންމާލަން ޑާކް ރެއިން އެންޓަޓެއިންމަންޓުން ދައްކަން ފަށައިފައިވާ "އަލްވަދާޢު" އޮލިމްޕަހުން ދައްކަން ފެށީ، މި މަހުގެ އެއް ވަނަ ދުވަހެވެ. މިއާއެކު ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެންނަނީ މިހާރު އަރަމުން އަންނަ ހުނަރުވެރި، ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަރި، ޝަރަފް އަބްދުﷲ އާއި، ހުނަރުވެރި އެކްޓްރެސް މަރިޔަމް މަޖުދާ (މަޖޫ) އެވެ.