މިފްކޯއިން ކިލޯއަކަށް ވުރެ ބަރު މަސް 16 ރުފިޔާއަށް ގަންނަން ފަށައިފި
ސަން
14 ޑިސެމްބަރު 2025 | އާދިއްތަ | 8:43
ކިލޯއަކަށް ވުރެ ބަރު މަސް، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް 16 ރުފިޔާއަށް ގަންނަން ފަށައިފިއެވެ.
ރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އެއް ކިލޯއަށް ވުރެ މަތިން މަސް ގަންނަ ނަމަ، 16 ރުފިޔާއިން ފެށިގެން މަސް ގަންނާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މީގެ ކުރިން ވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވައުދުވެވަޑައިގެންނެވި ގޮތަށް، މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.