ދިރާސީ މަސައްކަތް ހަރުދަނާ ކުރުން ހިމެނޭހެން، އެމްއެންޔޫގެ 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ނެރެފި
ސަން
14 ޑިސެމްބަރު 2025 | އާދިއްތަ | 8:31
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން މިއަދު އިފުތިތާހުކޮށްފިއެވެ.
އެމްއެންޔޫގައި ބޭއްވި ރަސްމީ ޖަލްސާއެއްގައި، 2026 ވަނަ އަހަރުން 2030 ވަނަ އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފުތިތާހުކޮށްދެއްވީ، ޗާންސެލަރު ޑރ. މުހައްމަދު ޝައުގީ އާއި ވައިސް ޗާންސެލަރު ޑރ. ޢައިޝަތު ޝެހެނާޒްއެވެ.
މި ޕްލޭނަކީ، ކިޔަވައިދިނުމާއި ދަސްކުރުމާއި، ދިރާސާ އާއި އީޖާދީ މަސައްކަތްތަކާއި، އިދާރީ ހިންގުމާއި، ދަރިވަރުން ބާރުވެރިކުރުމާއި ފުރިހަމަ ނަތީޖާ ނެރުމަަށާއި، މުޖުތަމަޢާ ގުޅުން ބަދަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، މުއައްސަސާގެ އެހެނިހެން މުހިންމު ކަންކަމުގައި ކުރިއެރުން ހޯދުމަށް ފުޅާ ދާއިރާއެއްގައި މަގުދައްކާނެ އޮނިގަނޑެއް ކަމަށް އެމްއެންޔޫއިން ބުންޏެވެ.