ޑީސަލް ބޮވިގެން ހާލު ދެރަވި ވެމްކޯގެ މުވައްޒަފު އަދިވެސް ވެންޓިލޭޓަރުގައި، ފަރުވާއަށް ބޭރަށް ގެންދަނީ
ސަން
14 ޑިސެމްބަރު 2025 | އާދިއްތަ | 10:53
ގއ. ދިޔަދޫގައި ހުންނަ ވެމްކޯ ސައިޓުގައި މަސައްކަތްކުރަނިކޮށް ޑީސަލް ބޮވި، ހާލު ސީރިއަސްވެގެން މާލެ ގެނައި ވެމްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުުމުގެ މަސައްކަތް ފަށައިފިއެވެެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހު އެ ހާދިސާ ހިނގަން މެދުވެރިވީ، ޑީސަލް ހުރި ހަމަކުން އެއްޗަކަށް ތެޔޮ އަޅަންވެގެން ހަމަށް ހޮޅި ލައްވައި ދަމާލި ވަގުތު ޑީސަލް ބޮވި، ތެޔޮ ފުއްޕާމެއަށް ދިޔުމުންނެވެ.
އޭގެ ސަބަބުން، ނޭވާލުމަށް ދަތިވެގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނީ ގއ. ވިލިނގިލީ ހޮސްޕިޓަލުގައެވެ. ނަމަވެސް ހަމަ އެ ދުވަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ވަނީ ގެނެސްފައެވެ.