ކީކިމިނީން މިސާލު ނަންގަވައި ޔާމީން: ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ވެސް މަސްވެރިކަމުގެ ޒިންމާ އަދާ ނުކުރެވުނު
ސަން
15 ޑިސެމްބަރު 2025 | ހޯމަ | 11:05
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާއި މަސް ގަންނަން ހަވާލުވެފައިވާ އަމިއްލަ ކުންފުނިތަކަށް ވެސް މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމުގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، ރޭ ޕީއެންއެފުން ސިލްސިލާކޮށް ބޭއްވި ޖަލްސާގައި ޔާމީން ފާހަގަކުރެއްވީ ރާއްޖޭގައި މަސްވެރިކަން ވަރަށް ރަނގަަޅަށް އޮތް ދުވަސްވަރެއް ދެކެވަޑައިގަތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މީގެ ކުރިން މަސް ގަންނަނީ މިފްކޯއަށް ކަަމަށާއި، މަސްވެރިކަމުގައި ސަރުކާރުގެ ޒިންމާއެއް އޮތް ކަމަށް އޭރު ރައްޔިތުން ދެކޭ ކަމަށެވެ.
އެހެންނަމަވެސް، މަސްވެރިންނާއި ވިޔަފާރިވެރިންގެ ޕްރެޝަރު ބޮޑުވެގެން ފަހުން ރާއްޖެ ޒޯންތަކަކަށް ބަހާލާފައި، އަމިއްލަ ކުންފުނިތަކަށް ދޫކޮށްލަން އޭރު ތިއްބެވި ވަޒީރުންތަކެއް ނިންމެވީ ކަމަށް ޔާމީން ވިދާޅުވިއެވެ. އޭރަށް މަސްވެރިން ބާނާ މަސް މިފްކޯއާއި ޕްރައިވެޓް ސެކްޓާއަށް ގަނެވޭނެ ކަމަށް ވަޒީރުން ގަބޫލުކުރެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ.