ކައިޒީންގެ ބޯޓު މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
ސަން
15 ޑިސެމްބަރު 2025 | ހޯމަ | 9:18
ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް، އާންމު ނަމުން ނަމަ ކައިޒީންގެ ބޯޓުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ކައިޒީންގެ ބޯޓުގެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، ހައިކޯޓުން ނިންމާފައި އޮތީ އަލުން އެ މައްސަލަ ބަލަން ދަށު ކޯޓަށް ފޮނުވާށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކައިޒީންގެ ފަރާތުންނެވެ. ސުޕްރީމް ކޯޓަށް މި މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ކަނޑަނާޅައެވެ.
މިއީ، ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީންއާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލައެކެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަ ނުޖެހިގެން އެ ހުކުމް ހައިކޯޓަށް ހުށަހެޅީ ކައިޒީންގެ ފަރާތުންނެވެ. އެ މައްސަލައިގައި ކައިޒީން ބުނީ، އޭނާ ހަވާލުކުރި 3.6 މިލިއަން ރުފިޔާ ބޭނުންކޮށްގެން އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅަށް ގަނެދިން ބޯޓު އޭނާގެ ރުހުމެއް ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.