ލެކްޗަރާއިންނަށާއި ދަރިވަރުންނަށް ޚާއްސަ، "ދިރާސާކުރާނެ ފަސޭހަ ގޮތްތައް" ނެރެފި
ސަން
15 ޑިސެމްބަރު 2025 | ހޯމަ | 9:56
މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށާއި ކިޔަވައިދޭ ލެކްޗަރާއިންނަށް ޚާއްސަކޮށް، "ދިރާސާކުރާނެ ފަސޭހަ ގޮތްތައް"ގެ ނަމުގައި ފޮތެއް ނެރެފިއެވެ.
ދައުލަތަށް އެކި ގޮތްގޮތުން ޚިދުމަތްކުރެއްވުމަށް ފަހު މިވަގުތު ވިލާ ކޮލެޖުގެ ލެކްޗަރާއެއްގެ މަގާމު ފުރުއްވަމުން ގެންދަވާ އަޙްމަދު ފަޔާޒު ޙަސަން ލިޔުއްވި މި ފޮތް ނެރެދެއްވީ އެ ކަމަށްޓަކައި ބޭއްވި ހަފުލާއެއްގައި ފަޔާޒާއި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. ޢަލީ ނަޖީބެވެ.
ވިލާ ކޮލެޖުން ބުނީ، ތޭރަ ބައިގެ މައްޗަށް އެކުލެވޭ، 208 ސަފުހާގެ މި ފޮތުގައި, ދިރާސާކުރުމުގައި ބަލަންޖެހޭ ހުރިހާ ކަމެއް ހިމަނާފައިވާނެ ކަމަށެވެ.