ލިވަޕޫލްގެ ރެކޯޑާއެކު ވިޒިޓް މޯލްޑިވްސްއަށް ސަމާލުކަން
ސަން
15 ޑިސެމްބަރު 2025 | ހޯމަ | 1:48
އިނގިރޭސީ ޕްރިމިއާ ލީގުގައި މި ސީޒަނުގެ އެންމެ އަވަސް ގޯލު ޖަހައި ރެކޯޑު ހެދި ވަގުތު އެންފީލްޑު ދަނޑުގައި ދިވެހިރާއްޖޭގެ ބްރޭންޑިން "ވިޒިޓް މޯލްޑިވްސް" އަނެއްކާ ވެސް ވިދާލައިފިއެވެ.
ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅެފައިވަނީ ބްރައިޓަންއެވެ. ފަސޭހަކަމާއެކު ލިވަޕޫލް މޮޅުވި މެޗުގައި އެ ކުލަބުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ މެޗުގެ 46 ވަނަ ސިކުންތުގަ އެވެ. ހޫގޯ އެކިޓެކޭ ޖެހި މި ގޯލު ދިމާވީ "ވިޒިޓް މޯލްޑިވްސް"ގެ ބްރޭންޑިން ދަނޑުގައި ދިއްލާލާފައިވާ ވަގުތެއްގަ އެވެ.
ޑެސްޓިނޭޝަން ޕާޓްނާޝިޕެއްގެ ދަށުން ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" އާއި ލިވަޕޫލާ ދެމެދު އެއްބަސްވުން ގާއިމްކޮށްފައިވަނީ މިއަހަރުގެ މާޗު މަސް ތެރޭގަ އެވެ.