އަންނަ އޯލެވެލް އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރަން ފަށައިފި

ސަން

15 ޑިސެމްބަރު 2025 | ހޯމަ | 2:51

އަންނަ އަހަރު ކުރީކޮޅު އޮންނަ ސާނަވީ އިމްތިހާނު ހޯލަށް ވަދެވޭ ލިއުން، ނުވަތަ ސްޓޭޓްމަންޓް އޮފް އެންޓްރީ މިއަދު ދޫކުރަން ފަށައިފިއެވެ.

އިމްތިހާނުތަކާ ބެހޭ އިދާރާ ޑީޕީއީން ބުނީ، އަންނަ ފެބްރުއަރީ މަހާއި މާރިޗު މަހު ބާއްވާ ކޭމްބްރިޖްގެ އައިޖީސީއެސްއީއާއި އެސްއެސްސީ އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ މިއަދުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށެވެ.

ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް އެ އިދާރާގެ ކައުންޓަރުން ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރާނެ ކަމަށް ޑީޕީއީން ބުންޏެވެ.

މައުޟޫޢުތަށް