ޑިމޮކްރެޓްސްގެ 2 ކައުންސިލަރުން އެނބުރި އެމްޑީޕީއަށް ސޮއިކޮށްފި
ސަން
15 ޑިސެމްބަރު 2025 | ހޯމަ | 2:52
މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި، ދި ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކައުންސިލަރުން އެނބުރި އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި، ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރްޔަމް ނާޒިމާ މުހައްމަދު ފާއިޒް ވެސް ކައުންސިލަށް އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓުގައެވެ. ދެ ބޭފުޅުން ވެސް މިހާރު ވަނީ އެނބުރި އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެ ޕާޓީ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދުނެވެ.