ސިޔާސީ ޕާޓީތަކުން މަސްވެރިންނަށް ދޮގު ހެދި ވަރަށް، ވަގު ފިރިޔަކު ވެސް އަންބަކަށް ދޮގެއް ނަހަދާނެ: އުމަރު
ސަން
15 ޑިސެމްބަރު 2025 | ހޯމަ | 4:55
ސިޔާސީ ޕާޓީތައް ވެރިކަމަށް އައިސް، އެ ޕާޓީތަކުގެ ފިކުރުގެ ސަރުކާރުތަކުން މަސްވެރިންނަށް ދޮގު ހެދި ވަރަށް، ވަގު ފިރިޔަކު ވެސް އޭނާގެ އަންބަކަށް ދޮގެއް ނުހަދާނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ފާޑުވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ފައްޓަވާފައިވާ އުމަރު، ރޭ ބޭއްވި ހަރަކާތެއްގައި ވަނީ މިފަހުން މަސްވެރިންގެ ދުވަހު މަސްވެރިން ނުކުމެ ކުރި މުޒާހަރާއަށް އަލިއަޅުވާލައި ވާހަކަދައްކަވައިފައެވެ. އެގޮތުން ވޭތުވެދިޔަ 15 ވަރަކަށް އަހަރު، ސިޔާސީ ޕާޓީތަކުން މަސްވެރިންނަށް އޮޅުވާލައި ހެދީ ހުސް ދޮގު ކަމަށް ވިދާޅުވެ އުމަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ރާއްޖޭގެ މަސްވެރިންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއް. އެކަމަކު ހިތާމަޔަކީ މަސްވެރިންނަށް ދޮގު ހެދި ވަރަށް، މަސްވެރިންނަށް ދޮގު ހެދި ވަރަށް ވަގު ފިރިޔަކު ނުހަދާނެ އިނގޭތޯ އޭނާގެ އަނބިމީހާއަށް ވެސް ދޮގެއް! މަސްވެރިންނަށް ސިޔާސީ ޕާޓީތަކުން ދޮގު ހެދި ވަރަށް!" އުމަރު ވިދާޅުވިއެވެ.