ސިނަމާލެ ބުރިޖުގެ މަރާމާތުގެ މަސައްކަތަށް، މާލެއިން ހުޅުމާލެއަށް ދާ ލޭން މިރޭ ބަންދުކުރަނީ
ސަން
15 ޑިސެމްބަރު 2025 | ހޯމަ | 4:48
ސިނަމާލެ ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް، މާލެއިން ހުޅުމާލެއަށް ދާ ލޭން މިރޭ ބަންދުކުރާނެކަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސިނަމާލެ ބުރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި މިރޭ 23:45އިން ފެށިގެން މަސައްކަތް ނިމެންދެން ބުރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކުރާނެ ކަމަށެވެ.
އެއީ މާލެއިން ހުޅުމާލެއަށް ދަތުރުކުރަން ޚާއްސަކޮށްފައި އޮންނަ ލޭނެވެ. އެ ލޭން ބަންދުކުރުމަށް ފަހު ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.