ފުލުހުންނަށް ފައިސާ ބަހައި މަގާމުގެ ކުރިއެރުމަށް ވައުދުވާނެ، އެދުމަކީ ކޮރަޕްޝަންގައި ނުޖެހުން: އިހުސާން
ސަން
15 ޑިސެމްބަރު 2025 | ހޯމަ | 11:44
ފުލުހުންގެ ޚިދުމަތުގެ ޒިންމާ އަދާކުރަމުންދާއިރު، މަގާމު ކުރިއެރުމަށް ވައުދުވެ، ފައިސާ ބަހާނެ ކަމަށް ވިދާޅުވެ، ކޮރަޕްޝަނުގައި ނުޖެހުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.
އަސާސީ ކޯސް ނިންމައި ދަސްވެނިވި ފުލުހުންނަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިހުސާން ވިދާޅުވީ، ފުލުހުންގެ މާހައުލުގައި ކޮރަޕްޝަން ފެތުރިފައި އެބަ އޮތް ކަމަށެވެ.
އެހެންވެ، "މީހުން މަގާމުގެ ކުރިއެރުމަށް ވައުދުވާނެ" ކަމަށާއި ފައިސާ ވެސް ބަހާނެ ކަމަށް މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ. ނަމަވެސް، ފުލުހުން ހެދި ތަމްރީނުގެ ހުނަރުތައް ދޫކޮށްލައި، ސާބިތުކަން ދޫކޮށްލައިގެން ނުވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.