ޝައިޚް މުޙައްމަދު އިބްރާހީމްގެ ލޮލުގެ ފެނުން ރަނގަޅުކުރުމަށް ބޭނުންވާ ފައިސާ 24 ގަޑިއިރުތެރޭ ހަމަވެއްޖެ

ސަން

16 ޑިސެމްބަރު 2025 | އަންގާރަ | 9:46

ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ)ގެ ލޮލުގެ ފެނުން ރަނގަޅުކޮށް، ސިއްހީ ޓެސްޓުތައް ހެދުމަށް ޓަކައި 24 ގަޑިއިރުތެރޭ ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ އެހީ ހޯދައިފިއެވެ.

'އެހީ' ޖަމިއްޔާގެ 'އެދިހަ' ޕްލެޓްފޯމުން ދައްކާ ގޮތުގައި، ޝައިޚްގެ ލޮލުގެ އޮޕަރޭޝަންކޮށް، ސިއްހީ ޓެސްޓުތަކެއް ހެދުމަށް ހަތަރު ލައްކައެއްހާ ރުފިޔާ ބޭނުންވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެހީގެ ގޮތުގައި ވަނީ 407،949 ރުފިޔާއެވެ. އެއީ 26،455.83 ޑޮލަރެވެ.

ޝައިޚަށް މިހާތަނަށް 1،399 ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް، 'އެދިހަ' ޕްލެޓްފޯމުގައި ވެއެވެ.

މައުޟޫޢުތަށް