މައުމޫލާތު ނުދޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް, ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން އަންގައިފި

ސަން

16 ޑިސެމްބަރު 2025 | އަންގާރަ | 2:17

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން، އެ ކުންފުނިތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން، އެ ކުންފުނިތަކުގެ ބެލެނިވެރި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު އަންގައިފިއެވެ.

ޕީސީބީގެ ރައީސް މުޙައްމަދު އަނަސް ސޮއިކުރައްވައި ފޮނުއްވި ސާކިއުލާއެއްގައި ވަނީ، އެސްއޯއީތަކަށް މައުލޫމާތު ހޯދަން އެދި ހުށަހަޅާ މައުލޫމާތު ބަލައިގަނެ، އެ މައުލޫމާތު ދިނުމަށް، ކުންފުނިތަކުން ކަނޑައަޅާ ގޮތެއްގެ މަތިން އެސްއޯއީތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން އަންގައިފައެވެ.

މިހާރުވެސް ކުންފުނިތަކުގައި ތިބި އިންފޮމޭޝަން އޮފިސަރުންނާއި އަލަށް އައްޔަންކުރާ އިންފޮމޭޝަން އޮފިސަރުންނަކީ ގާނޫނީ ތަޖުރިބާހުރި، ނުވަތަ އާރުޓީއައި ގާނޫނު ރަނގަޅަށް ދަންނަ ބަޔަކަށްވުން މުހިންމު ބަޔަކަށް ވާން ޖެހޭކަން ފާހަގަކޮށްފައެވެ.

މައުޟޫޢުތަށް