ރައީސް ވިޔަފާރިވެރިންނާއެކު ބާއްވާ ބައްދަލުވުން ކުދި އަދި މެދު ފަންތިއަށް ޚާއްސަކޮށްފި
ސަން
16 ޑިސެމްބަރު 2025 | އަންގާރަ | 2:14
ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އައްސަވަން ރައީސް ޑރ މުޙައްމަދު މުޢިއްޒު މާދަމާ ރޭ ބާއްވަވާ ބައްދަލުކުރެއްވުން ޚާއްސަކޮށްފައިވަނީ ކުދި ފަންތީގެ ވިޔަފާރިވެރިންނަށާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށް، ސަރުކާރުން މިއަދު ބުނެފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ހާމަކުރެއްވި ގޮތުގައި، މާދަމާރޭގެ ބައްދަލުވުން އޮންނާނީ ވިޔަފާރިވެރިންނާ އެކު، ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށެވެ.
ނަމަވެސް މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވިގޮތުގައި މާދަމާރޭގެ ބައްދަލުވުން ޚާއްސަކޮށްފައިވަނީ ކުދި ފަންތީގެ ވިޔަފާރިވެރިންނަށާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އެކަންޏެވެ.