ފިހިގެން ނިޔާވި އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނެސްފި، ޖަނާޒާ މިރޭ
ސަން
16 ޑިސެމްބަރު 2025 | އަންގާރަ | 4:05
މިދިޔަ މަހުގެ 26ގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި, ލިބުނު ގެއްލުންތަކަށް ފަރުވާ ދެނިކޮށް ނިޔާވި, ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފިއެވެ.
ވަރަށް ބޮޑަށް ފިހުމުގެ ސަބަބުން, ތައިލޭންޑްގެ ބެންކޮކުން ފަރުވާ ދެމުން ދަނިކޮށް, މިދިޔަ ބުރާސްފަތި ދުވަހު ނިޔާވީ, ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި, އަޙްމަދު އަޒްމީލް (ޗީފް), 43, އެވެ. އޭނާ ސްޓެލްކޯގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފައެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އަޒްމީލްގެ ހަށިގަނޑު މިއަދު މެންދުރު, ސްރީލަންކަން އެއާލައިންސްއިން ރާއްޖެ ގެނެސްފައިވާ ކަމަށެވެ.