ޝަމްއާން ޝަރީއަތުގަައި ގާޒީ: ޝަރީއަތް މީޑިއާ ޗަރުކޭހަކަށް ނުހެދޭނެ
ސަން
16 ޑިސެމްބަރު 2025 | އަންގާރަ | 5:14
ހައްޔަރުކޮށް، ވާނުވާ ބަންދު ޖަހާފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަކީ "މީޑިއާ ސާކަސްއަކަށް" ހަދަން ފުރުސަތު ނުދެއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުން، މީޑިއާ ހެޑްލައިން ހެދުމަށް ފުރުސަތު ނުދެއްވާނެ ކަމަށް، އިހްސާން ގާޒީ ވިދާޅުވީ، މިއަދު އޮތް އަޑުއެހުމުގައި ހެކިވެރިއަކާ ޝަމްއާން ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ހެކިވެރިޔާއާ ޝަމްއާން ސުވާލުކުރެއްވީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާ ހިލާފު ކަންކަން ކުރަން ހޯމް މިނިސްޓަރު އަލީ އިހްސާން އުޅުއްވިތޯއެވެ.
އެކަމަކު އެ ސުވާލު ޝަމްއާން ކުރެއްވުމުން ދައުލަތުން އެކަމަށް އިއުތިރާޒް ކުރިއެވެ. އަދި ގާޒީ އިހުސާން ވެސް އެ ސުވާލު ހުއްޓުވިއެވެ.