ކޮންނަނިކޮށް، ޖެހިގެން ހުރި ގޭގެ ތަޅުންގަނޑު ގަނބައިގަތުން: ދެ ގޭގެ މީހުން ވާހަކަދައްކައިގެން ހައްލުކުރަނީ

ސަން

16 ޑިސެމްބަރު 2025 | އަންގާރަ | 5:58

މާލޭގައި ގެއެއް އިމާރާތްކުރުމަށްޓަކައި ކޮންނަނިކޮށް، ޖެހިގެން ހުރި ގޭގެ ތަޅުގަނޑުން ބައެއް ގަނބައިގެންފައިވާއިރު، އެ ކަމުގައި ދެ ގޭގެ މީހުން ވާހަދައްކައިގެން ގޮތެއް ނިންމުމަށް ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ވަނީ މ. ނަސީމީ ހިނގުމުގައި ހުރި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް، ޖެހިގެން ހުރި މ. އޭޑީއާރު ގޭގެ ތަޅުންގަނޑުން ބައެއް އަޑިއަށް ގޮސްފައެވެ. އެ ތަޅުންގަޑު ގަނބައިގަނެ، އެ ދުވަހުގެ މެންދުރު މީހަކު ވެސް ވެއްޓުނެވެ.

ހަމަ އެ ދުވަހު މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ އެ ސަރަހައްދަށް ވަޑައިގެން ހާލަތު ބައްލަވާފައެވެ.

މައުޟޫޢުތަށް