2.1 މިލިއަން ފަތުރުވެރިން އަތުވެއްޖެ، އަމާޒަށް ވާސިލުވާން އަދި 170،000 އެއްހާ ފަތުރުވެރިން ގެންނަންޖެހޭ
ސަން
16 ޑިސެމްބަރު 2025 | އަންގާރަ | 6:38
މި އަހަރުގެ މިހާތަނަށް 2.1 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، މި އަހަރަށް ކަނޑައަޅާފައި އޮތް އަމާޒަށް ވާސިލުވާން އަދި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެންނަން ޖެހޭކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުން މި އަހަރު ގެންނަން އަމާޒު ހިފާފައިވަނީ 2.3 މިލިއަން ފަތުރުވެރިންނެވެ.
އެކަމަކު، ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި، އިއްޔެގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 2،120،759 (ދެ މިލިއަން އެއްލައްކަ ވިހިހާސް ހަތް ސަތޭކަ ފަންސާސް ނުވައެއް) ފަތުރުވެރިންނެވެ. އެހެންކަމުން، އަހަރު ނިމެން ދެ ހަފުތާއަށް ވެފައިވާއިރު، 2.3 މިލިއަން ފަތުރުވެރިން ހަމަކުރަން 179،241 ފަތުރުވެރިން ރާއްޖެ ގެންނަން ޖެހެއެވެ.