ސަތޭކައެއްހާ ވިޔަފާރި ބަލައި ފާސްކޮށް، 37 ތަނެއް ބަންދުކޮށްފި
ސަން
16 ޑިސެމްބަރު 2025 | އަންގާރަ | 8:44
ސަތޭކައެއްހާ ވިޔަފާރި ބަލައި ފާސްކޮށް، 37 ތަނެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން އަންނަނީ ގަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ މިނިސްޓްރީން މިއަދު ވަނީ، އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކޮށްފައެވެ. އެގޮތުން، މިދިޔަ މަހުގެ 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް ގަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާ ގުޅޭ 252 ޝަކުވާ އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.