ހަފުތާއެއް ތެރޭ 52 މަސާޖު ޕާލާ ބަންދުކޮށްފި، ގިނަ ތަންތަން ބަންދުކުރީ އެ މީހުން އަމިއްލައަށް: ރައީސް
ސަން
16 ޑިސެމްބަރު 2025 | އަންގާރަ | 9:41
ހަފުތާއެއް ތެރޭގައި މާލެއިން 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ތަންތަން ބަންދުކުރީ އެ މީހުން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މާލޭގައި މަސާޖު ޕާލާތައް ގިނަކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.
ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބާއްވާ ޖަލްސާ ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަސާޖު ޕާލާތަކުގެ މައްސަލަ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަމަށެވެ. އެހެންވެ، އެ މަސައްކަތަށް އިތުރު ހިތްވަރެއްލާ، ޚާއްސަ އޮޕަރޭޝަނެއް މި މަހުގެ ނުވަވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.