ޕީއެންއެފްގެ 'ރީސެޓް' ޖަލްސާއަށް ކަރަންޓު ދޭން ދެކޮޅު ހަދާކަމުގެ ތުހުމަތު!
ސަން
16 ޑިސެމްބަރު 2025 | އަންގާރަ | 10:44
މާދަމާ ރޭ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން 'ރީސެޓް'ގެ ނަމުގައި ބާއްވަން ތައްޔާރުވަމުން އަންނަ ޖަލްސާއަށް ކަރަންޓު ދޭން ސަރުކާރުގެ ކުންފުނި، ސްޓެލްކޯއިން ދެކޮޅު ހަދާކަމަށް އެ ޕާޓީން މިއަދު ތުހުމަތުކޮށްފިއެވެ.
އާޓިފިޝަލް ބީޗުގައި އެ ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ވާން ޕީއެންއެފުން ވަނީ ފަށާފައެވެ.
އެ ސަރަހައްދުގައި ހުންނަވައި، ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އާޓިފިޝަލް ބީޗުގައި އަޅާފައި އޮންނަ ކޭބަލްތައް މައްސަލަ ޖެހުނު ކަމަށް ބުނެ، މިއަދު ސްޓެލްކޯއިން ބައެއް ކޭބަލްތައް ނަގާފައިވާ ކަމަށެވެ.