ސަރުކާރުން ކައުންސިލްތަކުގެ އަގުވައްޓާލާތީ، ރަނގަޅު ޒުވާނުން ކުރިމައްޗެއް ނުލާ: ނިޒާރު

ސަން

17 ޑިސެމްބަރު 2025 | ބުދަ | 10:16

ސަރުކާރުން ކައުންސިލުތަކުގެ އަގު ވައްޓާލާތީ، ކައުންސިލުތަކަށް ޒުވާނުން ކުރިމަތިލާން ފަސްޖެހޭ ކަމަށް އައްޑޫ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިގޮތަށް ވިދާޅުވީ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި، ވީޑިއޯ ކޯލްއެއްގެ ޒަރީޔާއިން ދެއްކެވި ވާހަކައިގައެވެ.

ނިޒާރު ވަނީ ކައުންސިލުތަކާ ދޭތެރޭ އޮންނަ އިތުބާރު ކަނޑާލަން ސަރުކާރުން އެތައް ވާހަކަތަކެއް ދައްކާ ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ރަށްރަށް މާކެޓުކުރުމަށް ކައުންސިލުތަކުން ކުރާ ދަތުރުތަކާ ގުޅޭގޮތުން ކިތަންމެ ބޭކާރު ވާހަކަތަކެއް ދައްކާ ކަމަށް ވިދާޅުވިއެވެ.

މައުޟޫޢުތަށް