ފާސްކުރި ބަޖެޓަށް ވުރެން އިތުރަށް ރައީސް އޮފީހުން ހަތް މިލިއަން ހަރަދުކޮށްފި: ފިނޭންސް

ސަން

17 ޑިސެމްބަރު 2025 | ބުދަ | 11:58

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެން އިތުރަށް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަތް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް, ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރި, ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް ބުނާގޮތުން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ރައީސް އޮފީހުން ވަނީ 213.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. އެ އޮފީހަށް މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 206.8 މިލިއަން ރުފިޔާއެވެ.

އެހެންކަމުން އަހަރު ނިމެން 19 ދުވަސް އޮއްވައި, ބަޖެޓުގެ ބޭރުން މިވަނީ 7.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައެވެ.

މައުޟޫޢުތަށް